ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި އިސްރަށްވެހިންނަށް އިސްކަންދޭނަން: ރައީސް

  • އިސްރަށްވެހިންގެ އިތުރުން މުޖުތަމައުގެ ތެރޭގައި ހަވާސާވެފައިވާ އެހެން ފަރާތްތަކަށް ވެސް މިސަރުކާރުން ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށް ވިދާޅުވި

މާލޭގައި ގާއިމްކުރި އިސްރަށްވެހިންގެ ނާދީ ހުޅުވައިދެއްވުމަށްފަހު ރައީސް މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ. (ފޮޓޯ/ ރައީސް އޮފީސް)

ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި އިސްރަށްވެހިން ހިމެނޭ ގޮތަށް، މުޖުތަމައުގެ ތެރޭގައި ހަވާސާކުރެވިފައިވާ ފަރާތްތަކަށް އިސްކަން ދެއްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.


އިންޑިއާ ކަނޑުގައިވާ މުތީތަކެއްހެން ޖަރީކުރެވިފައިވާ އަޅުގަނޑުމެންގެ މި ކުޑަކުޑަ ޖަޒީރާ ގައުމުގެ 99 އިންސައްތަ ހިއްސާ ކުރަނީ އެ ފުން ކަނޑެވެ. ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް އެތުރިފައިވާ ގޮތުން، ކޮންމެ ރަށެއްގައި ހިދުމަތްތައް ގާއިމުކުރުން ވަނީ ގޮންޖެހުމަކަށް ވެފަ އެވެ. އެކި ރަށްތަކުގެ އާބާދީ ކުޑަ ވުމާ އެކު ވެސް ކޮންމެ ރަށެއްގައި ހުރިހާ ހިދުމަތެއް ގާއިމުކުރުމަކީ ހަރަދުގެ ގޮތުން ބަލާ ނަމަވެސް ދެކޮޅު ޖެހޭ ކަމެއް ނޫނެވެ.

 

އެކަމަކު ވެސް ޒަމާނަށް އަންނަ ބަދަލުތަކާ އެކު ދިވެހި ސަރުކާރުން ވަނީ އަތޮޅު ތެރޭގެ ރަށްތަކުގައި އިހުނަށްވުރެ ގިނައިން ތަރައްގީގެ މަޝްރޫއުތައް ހިންގައި އެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަ ދިރިއުޅުމެއް ހޯދުމުގެ މަސައްކަތް ކޮށްފަ އެވެ. އެހެންނަމަވެސް ދައުލަތުގެ ކެރިފޯރުންތެރިކަން ތަން ނުދިނުމާއި ސަރުކާރުގެ ސިޔާސަތުތައް ހުރި ގޮތުން ބޮޑަށް އިސްކަން ދެވިފައި އޮތީ ވެރިކަން ކުރާ މާލެއަށެވެ.

 

އެއް އިރެއްގައިި ރާއްޖޭގެ ދަތުރުފަތުރުގެ ސިނާއަތް އެ އެއްޗަކަށް ބަރޯސާވި ރިޔާ ދޯނިތައް ދޫކޮށްލައި ވައިގެ ދަތުރިފަތުރުގެ ދާއިރާ ރާއްޖެއަށް ތައާރަފްވެގެން ދިޔައީ އިނގިރޭސިންގެ އެހީގެ ދަށުން އައްޑޫގެ ގަމުގައި 1957 ވަނަ އަހަރު އެޅި އެއާޕޯޓާ އެކު އެވެ. ދެކުނުގައި ފުރަތަމަ އެއާޕޯޓު ގާއިމުކުރެވުނު ފަހުން ވެރިރަށް މާލެއާއި އިންވެގެން އޮންނަ ހުޅުލޭގައި އެއާޕޯޓެއް ގާއިމުކުރެވުނީ އޭގެ 9 އަހަރު ފަހުން، 1966 ވަނަ އަހަރެވެ.

 

އެއާޕޯޓު ތަކާ އެކު ދަތުރުފަތުރުގެ ނިޒާމަށް ލިބުނު ތަރައްގީއާ އެކު ރާއްޖޭގެ ވެރިރަށުން ތަފާތެއް ފެނުނު ނަމަވެސް ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް އެ ހިދުމަތްތަކަކުން މާ ބޮޑު ފައިދާއެއް ނުކުރެ އެވެ. އޭރުވެސް އާއްމު ރައްޔިތުންގެ ކެރިފޯރުންތެރިކަން ކުޑަވުމާއި ރަށްރަށުން އެއާޕޯޓުތަކަށް ދާން ދިގު ދަތުރެއް ކުރަން ޖެހޭތީ ވައިގެ މަގުން ދަތުރުކުރުމުގެ ނަސީބު ލިބެނީ މަދު ބަޔަކަށެވެ. ކިތަންމެ އަވަސް ފަރުވާއަށް ބޭނުންވެފައިވާ ބަލިމީހާއަށް ވެސް ދަތުރުކުރަން ޖެހިފައިވަނީ ކަނޑު މަގުން ނެވެ. ގަދަ ކަނޑުތައް ގިރާކުރުމަށްފަހު އަތޮޅު ހޮސްޕިޓަލަށް ނުވަތަ މާލޭގެ ހޮސްޕިޓަލަށް ދެވޭއިރު ބަލިމީހާއަށް ހުންނަނީ ވާނެ އެއްޗެއް ވެފަ އެވެ.

 

އޭގެ ފަހުން ގައުމީ އިންޝުއަރެންސް 'އާސަންދަ' ތައާރަފްކޮށް ގައުމީ އެއާލައިން 'މޯލްޑިވިއަން' ގެ ފްލައިޓުތަކުގައި އިމާޖެންސީކޮށް ބަލި މީހުން އުފުލަން ފެށި ނަމަވެސް އެހީ ފޯރުކޮށްދޭ ނިޒާމު އެކުލެވިފައި އޮތް ގޮތުން ބަލި މީހާއަށް އަވަސް ފަރުވާއަށް ކައިރި ހޮސްޕިޓަލަކަށް ނުވަތަ މާލެއަށް އާދެވެން އޮންނަނީ އެ އެއާލައިންގެ ފްލައިޓުތަކުން ޖާގަ ލިބުނު ހާ އަވަހަކަށެވެ. 2015 ގައި އެ އެއާލައިނާ އެކު ރަސްމީކޮށް އެއްބަސްވުމެއް އެކުލަވާލައި އެ މަސައްކަތް ފެށުމުން ބަލި މީހާގެ ތަކުލީފުތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނު ނަމަވެސް އިމަޖެންސީ މެޑިކަލް އިވޭކުއޭޝަންތަކަށް ޖާގަ ދިނުމަށް މޯލްޑިވިއަން އަށް ޖެހެނީ ފްލައިޓް ޝެޑިއުލްތައް ނެވިގޭޓް ކުރާށެވެ.

 

އެ މައްސަލަ ހައްލު ކުރުމަށް އޭގެ ފަހުން އައި އެމްޑީޕީ ސަރުކާރުން އަވަށްޓެރި އިންޑިއާއާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން ރާއްޖެއަށް ދެ ޑޯނިއާ ގެނައެވެ. ރާއްޖޭގައި އެ އުޅަނދުތައް ދުއްވުމުގެ ގާއިބިލުކަން ހުރި ފަރާތްތައް ތިބި ނަމަވެސް އެ އުޅަނދުތައް އޮޕަރޭޓް ކުރީ އިންޑިއާގެ ސިފައިން ނެވެ. ކާބޯތަކެއްޗާއި ބޭސް ހޯދުމާއި އެކި ދާއިރާތަކަށް ފަންނީ މީހުން ހޯދަން ބަރޯސާވަނީ އިންޑިއާއަށް ކަމަށް ވާއިރު އެ ހިދުމަތް ވެސް އެ ގައުމާ ހަވާލުކުރުމުން އެއް ގައުމަކަށް މާ ބޮޑަށް ބަރޯސާވާންޖެހުމުގެ ކަންބޮޑުވުން އޭރުގެ އިދިކޮޅު އަދި މިހާރު ސަރުކާރުގައި އޮތް ޕީޕީއެމް/ ޕީއެންސީން ފާޅުކުރި އެވެ.

ރާއްޖެ އެކުލެވިފައި އޮތް ގޮތުންނާއި ފުދުންތެރިކަން ކުޑަވުމުގެ ސަބަބުން މަޝްރޫއުތައް ހިންގުމަށް އެހެން ގައުމުތަކުގެ އެހީއަށް ބަރޯސާވާން ޖެހުނަސް އެއް ގައުމަކަށް ހުރިހާ ކަމެއްގައި ބަރޯސާވާން މަޖުބޫރުވުމަކީ ގައުމީ މައްސަލައެއް ކަމަށް އެ ފަރާތްތަކުން ބުންޏެވެ.

 

އިންޑިއާއަށް ބަރޯސާވުން ކުޑަކޮށް، އަމިއްލަ ގައުމުގެ ފުދުންތެރިކަމުގެ އަމާޒުގައި ވެރިކަމަށް ވަޑައިގެންނެވި ޑރ. މުއިއްޒު މިވަނީ އެކަން ހާސިލުކުރުމަށް ބޮޑު ފިޔަވަޅެއް އަޅުއްވާފަ އެވެ. އެއީ އިންޑިއާގެ އެހީގައި ބަލި މީހުން އުފުލާ އުފުލުން ހުއްޓާލައި އެކަމަށް ހާއްސަކޮށް ވަކިން ރާއްޖޭގައި 'އެއާ އެމްބިއުލާންސް'ގެ ހިދުމަތް ފެށުމެވެ. ރައީސް ގެ އެ ނިންމެވުން އިއުލާނު ކުރެއްވުމުން ވެސް އެއީ ރާއްޖެއަށް ކުރެވިދާނެ ކަމެއްތޯ ގިނަ ބަޔަކު ސުވާލު އުފެއްދި އެވެ. އެއީ ދައުލަތަށް އުފުލޭނެ ބުރައެއްތޯ ގިނަ ބަޔަކު ސުވާލުކުރި އެވެ.

އެހެން ނަމަވެސް އެ ފާޑުކިއުންތަކަށް ބެއްލެވުމެއްނެތި މާޗް 1 ގައި އެ ހިދުމަތް ފައްޓަވާނެ ކަމަށް ވެވަޑައިގެންނެވި ވައުުދު އެމަނިކުފާނުގެ ސަރުކާރުން މިވަނީ ރަނުން ރަނަށް ފުއްދަވާދެއްވާފަ އެވެ. މިއީ ވަރަށް މަދު ސަރުކާރަކަށް ނޫނީ ކުރެވިފައި އޮތް ކަމެއް ނޫނެވެ. މިހާރު ހުރި ޑި ހެވިލެންޑް ޑީއެޗްސީ8-200

މަތިންދާބޯޓުތައް  މެޑިކަލް އިވޭކުއޭޝަންތަކަށް ބޭނުންކޮށްގެން ހެލްތު މިނިސްޓްރީ އާއި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާ ގުޅިގެން މޯލްޑިވިއަނުން ދޭ މި ހިދުމަތާ އެކު އެންމެ ގިނަވެގެން 10 މިނެޓުގެ ތެރޭގައި ބަލި މީހާއަށް އަވަސް ފަރުވާ ދެވޭނެ ގޮތެއް ހަމަޖައްސައިދެވޭނެ އެވެ.

 

މި ހިދުމަތާއެކު ދެން މޯލްޑިވިއަންގެ ޝެޑިއުލް ފްލައިޓަކުން ޖާގައެއް ލިބޭނެ ވަގުތަކަށް ކުރަމުންއައި ދިގު އިންތިޒާރު ވެސް މިއޮތީ ނިމިފަ އެވެ. މިއީ ރާއްޖޭގެ ސިއްހީ ނިޒާމަށް ގެއްލިފައި އޮތް އިތުބާރު އަލުން އަނބުރާ ހޯދުމަށް ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅެކެވެ. މި ނިޒާމު ރޭވިފައި އޮތް ގޮތަށް ހަރުދަނާ އެކު ކުރިއަށް ދާނަމަ، ރައްޔިތުންގެ ޖީބަށް ލުއިވެ ލިބިގެން މިދިޔައީ ބޮޑު ތަސައްލީ އެކެވެ.

ކޮމެންޓް